އެކްސްގައި ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލަނީ

ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ 'އެކްސް' ގައި އިސްލާމްދީނަށް ފުރައްސާރަވާގޮތަށް ޕޯސްޓުކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އާއްމުކޮށްފައިވާ ޕޯސްޓެއް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެ ފޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުންޏެވެ.
މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސޯޝަލް މީޑިއާއާއި އާއްމު ތަންތަނުގައި ދީނަށް ފުރައްސާރަކުރި މައްސަލަތަކެއް މީގެކުރިން ވެސް ބަލާފައިވެ އެވެ.