ޚަބަރު

ފައިސާނުދޭތީ އައްޑޫގައި މަސްވެރިން އަދިވެސް މުޒާހަރާކުރަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އްއްޑޫގެ މަސްވެރިން މުޒާހަރާކުރަނީ

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން މިއަދު ވެސް މުޒާހަރާކުރަން ފަށައިފި އެވެ.

Ads by STELCO

 ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިފްކޯއަށް މަސްވެރިން ކިރާ މިހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

އިއްޔެ ހަވީރުން ފެށިގެން އައްޑޫގެ މިފްކޯ ބަނދަރުގައި ކުރަމުންދާ މުޒާހަރާގައި މަސްވެރިން ގޮވާލަމުންދަނީ އެ މީހުން ބާނާ މަހަށް ހަމަ އަގުދިނުމަށާއި މިހާތަނަށް މިފްކޯއިން ކިރި މަހަށް ފައިސާ ދެއްކުމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑީއާތަކަށް ފޮނުވި މެސެއްގައި ބުނީ، 80 މަސްވެރިން ބައިވެރިވާ ކަމަށެވެ. އަދި އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މިފްކޯ ފެކްޓަރީގެ ހުރިހާ ސީނިއާ ސްޓާފުން ބޭރުކޮށްލާނެ ކަމަށާއި ބަދިގޭގައި ކައްކަން ހުރަސްއަޅާނެ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އްއްޑޫގެ މަސްވެރިން މުޒާހަރާކުރަނީ (ފޮޓޯ/ފުލުހުން)

މުޒާހަރާގެ ބައިވެރިން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑީއޯތަކުގަައި ބުނަނީ އެމީހުން މުޒާހަރާކުރަމުންދަނީ އެމީހުންގެ ހައްގުތައް ހޯދުމަށްކަމަށެވެ. އަދި ސަރުކާރުން ދޭންޖެހޭ ފައިސާ ދޫކޮށްފައިނުވާތީ ގިނަ ބަޔަކު ދަރަނިވެރިވެފައިވާ ކަމަށެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދެވި އޮތް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ މި މަހުގެ 13 ގެ ނިޔަލަށް މަސްވެރިންނަށް ދޫކުރާނެ ކަމަށް ބުނެފަ އެވެ. އަދި ނުދެވި ހުރި ބާކީ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރަން މަސައްކަތް ކުރަމުން ދާކަމަށް އެކުންފުނިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 250 އަށްވުރެއް ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. މިފައިސާ އެއްކޮށް ދައްކައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަލާސްކޮށްފަ އެވެ.

Ads by Ooredoo
  1. ވިސްްނާ

    ދެން މުޒާހަރާނުކޮށް ތިއްތިކޮށް ތިބެބަލަ!