ޚަބަރު

ފްލެޓު ލިސްޓު ރިވިއުކޮށް ނިމެނޭ ދުވަހެއް އަދިވެސް ނޭނގެ!

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހައުސިން މިނިސްޓަރު އަލީ ހައިދަރު/ ފޮޓޯ: ހައުސިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިމޭނެ ދުވަހެއް ސަރުކާރަށް ބުނެނުދެވުނެވެ.

Ads by STELCO

'ދެން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓު ކޮމިޓީން ވަނީ ރިވިއުކުރި ލިސްޓު ހަައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އަރުވާފަ އެވެ. އެކަމަކު ރައީސް އޮފީހުން މިކަން ދޮގު ކުރެ އެވެ.

އެ ލިސްޓު އާއްމުކުރެވޭނެ ތާރީހަކާ ގުޅޭގޮތުން މިނިސްޓަރު ހައިދަރުއާ މިއަދު 'ދެން' އިން ގުޅާލުމުން ވިދާޅުވީ "އެ މަައުލޫމާތު އާއްމުކުރާނަން" ކަމަށެވެ. އެކަމަކު އެ ލިސްޓު އާއްމުކުރާނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަންޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް 'ގެދޮރުވެރިންގެ ކޮމިޓީ' ގެ ނަމުގައި ފަސް މެންބަރުންގެ ކޮމިޓީއެއް އެެއް ވަނީ އެކުލަވާލާފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!