އެޗްޑީސީ ޑޭޓާބޭސް ހެކްކޮށްފި، ފުލުހުން މައްސަލަ ބަލަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑޭޓާބޭސް ބަޔަކު ހެކްކޮށްފި އެވެ.
އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށްގެން، ކަސްޓަމަރުންނަށް ވަން ޓައިމް ޕާސްވޯޑު (އޯޓީޕީ) ހޯދުމަށް މެސެޖު ކުރަމުންދާ ކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ ހިދުމަތުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.