ޚަބަރު

މިފްކޯއަށް މަސް ގަންނަ އަގު 16ރ އަށް ތިިރިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް މި ހަފްތާގައި ކަނޑުމަސް ގަންނާގެ އަގުތައް ކަނޑައަޅައިފި އެވެ.

Ads by Sosun Fihaara

މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބެލުމަށް ފަހު ކަމަށް އެ ކުންފުނިން މިއަދު ވަނީ ނިންމާފަ އެވެ.

މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ވަނީ މާދަމާ (ޖުލައި 1) އިން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް މަސް ގަންނާނެ އަގުތައް ކަނޑައަޅާފަ އެވެ.

1.5 ކިލޯއިން މަތި

  • އައިސް މަސް، ކަނޑުމަހާއި ކަންނެލި - 16 ރުފިޔާ
  • ނޯމަލް މަސް (އައިސް ނާޅާ) ކަނޑުމަހާއި ކަންނެލި - 14 ރުފިޔާ

1.5 ކިލޯއިން ދަށް

  • އައިސް މަސް، ކަނޑުމަހާއި ކަންނެލި - 7 ރުފިޔާ
  • ނޯމަލް މަސް (އައިސް ނާޅާ) ކަނޑުމަހާއި ކަންނެލި - 14 ރުފިޔާ

މި އަގުތައް ކަނޑައަޅާނީ ދުނިޔޭގެ ބާޒާރުގެ އަގުތަަކަށް ކަމަށްވާތީވެ އަގުތައް މަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.

މިފްކޯއިން ބުނީ މާދަމާ ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

އެގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވާނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި ކަަމަށް މިފްކޯއިން ބުންޏެވެ. މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!