ވަގު ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު ހަތަރު މީހަކު ބިދޭސީއަކު ހިފަހައްޓައިފި
ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ހަތަރު ބިދޭސީއަކު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނީ އެ ހަތަރު ބިދޭސީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ މިދިޔަ ހަފުތާ ބުދަ ދުވަހު އެތެރެވާން އުޅުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ކަމަށެވެ.
އެއީ ކޮން ގައުމެއްގެ ބިދޭސީން ކަމެއް އިމިގްރޭޝަނުން ބުނެފައެއް ނެތެވެ. ނަމަވެސް ލޯ ނުފެންނަ ގޮތަށް އެ މީހުންގެ ފޮޓޯ ޕޯސްޓުކޮށްފައިވެ އެވެ. އަދި ކޮންމެ ބިދޭސީއެއްގެ އުމުރު ލިޔެފައިވެ އެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި، 25 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
Ads by Allied Insurance