ޚަބަރު

އިތުބާރު ހޯދައި، އަދުލު އިންސާފު ކަށަވަރު ކޮށްދޭނަން: ޕީޖީ ޝަމީމް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޝަމީމް މިހެން ވިދާޅުވީ 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައިގައި، އެކުއްޖާގެ ބެލެނިވެރި 2 މީހުންގެ ތެރެއިން އެކެއްގެ މައްޗަށް 4 ދަޢުވާ، އަނެކެއްގެ މައްޗަށް އެއް ދަޢުވާކޮށް، ކުރިމިނަލް ކޯޓަށް ފޮނުވި މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އެ ޓްވީޓުގައި ޝަމީމް ވިދާޅުވީ މަޑުމަޑުން, އިތުބާރު ހޯދައި، އިރާދކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، ޢަދުލު އިންޞާފު ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

މި މަހުގެ 8 ވަނަ ދުވަހު ޕީޖީއަކަށް އައްޔަން ކުރެއްވި ޝަމީމް، މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އެކި ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ބައިތިއްބާފައިވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން މީގެކުރިން ވަނީ ކައިވެނީގެ ނަމުގައި އެ އަންހެން ކުއްޖާ ރޭޕްކުރި އުމުރުން 26 އަހަރުގެ ރ. މަޑުއްވަރީ ހައްމާދު އިސްމާއީލް ހައްމާދުގެ މައްޗަށް ވެސް ދައުވާކޮށްފައެވެ. ހައްމާދުގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!