ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ކަމަށާއި، އަދި ކޯޓު އަމުރެއްގެ ދަށުން މިއަދު އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުން އަންނައިރު، ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!