ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓުކުރަން ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބިދޭސީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އަދި އެ ނޫން ވެސް އިމިގްރޭޝަނާ ގުޅުން ހުރި އެކި މައްސަލަތައް ރިޕޯޓު ކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފި އެވެ.

Ads by STELCO

މިއަދު ހިދުމަތް ތައާރަފުކޮށްދެއްވީ މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދެވެ.

ޝަމްއާން ވަހީދު ވިދާޅުވީ ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. ގިނަ ބިދޭސީންނާ ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަދު ތައާރަފުކުރި ހިދުމަތުގެ ދަށުން އެންމެނަށް އެއް ޕްލެޓްފޯމަކުން ގިނަ މައްސަލަތަކެއް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހިދުމަތުގެ މަގުސަދަކީ އިމިގްރޭޝަންގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކޮށް ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލުވާ ބިދޭސީން ރިޕޯޓުކުރަން ފަސޭހަ ވާނެ ކަމަށެވެ.

އޭގެ އިތުރުން "އިމިގްރޭޝަަން ވޮޗް" މެދުވެރިކޮށް ރިޕޯޓުކުރާ ފަރާތާއި ރިޕޯޓުކުރާ މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ދެ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!