މާލެ ސިޓީ ކައުންސިލުން ހުސްވި 3 ގޮނޑި ޕީއެންސީއަށް

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މެމްބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން، ސަރުކާރު ތަމްސީލުކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިއަދު ހެނދުނު 8 އިން ހަވީރު 4 އަށް ބޭއްވި ބައި އިލެކްޝަންގައިި އިންތިހާބުކޮށްފައިވަނީ މާލޭގެ ތިން ދާއިރާއެއްގެ މެމްބަރުން ނެވެ. އެ ދާއިރާތަކަށް ވާދަކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނެވެ.
މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ކެނޑިޑޭޓުން:
- ހެންވޭރު ހުޅަނގު ދާއިރާ: ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
- މައްޗަންގޮޅި މެދު ދާއިރާ: ފާތިމަތު އިޝާން އަލީ (ޕީއެންސީ)
- ހުޅުމާލެ ދާއިރާ: އަލީ އައިމަން (ޕީއެންސީ)
އެ ކައުންސިލްގެ މަގާމުތައް ހުސްވީ، އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން މިދިޔަ މަޖިލީސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވުމުން ނެވެ.
މިހާރު ޕީޕީއެމެއް ނެތްދޯ؟