ޚަބަރު

ރައީސްގެ ދީނީ ސިޔާސަތު ހާސިލްވިވަރު ދައްކުވައިދޭ މީޑިއާ މައުރަޒު ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތު މިދިޔަ އަށް މަހު ހާސިލްވިވަރު ދައްކުވައިދޭ "އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު" މިއަދު ފަށައިފި އެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މައުރަޒު މިއަދު ކުރިއަށް ގެންދިޔައީ ހަވީރު 6:00 ޖަހަންދެނެވެ. މާދަމާ ހެނދުނު 9:00 އިން ހަވީރު 6:00 ޖަހަން ދެން މައުރަޒު ކުރިއަށް ދާނެ އެވެ.

ދެ ދުވަހަށް ކުރިއަށްދާ އެ މައުރަޒު މިއަދު ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައުރަޒުގައި އިސްލާމިކް މިނިސްޓްރީގެ ނުވަ ސެކްޝަނެއްގެ ސްޓޯލްތައް ހުންނާވެ.

  • ދިވެހިރާއްޖޭގެ ޒަކާތު ހައުސް
  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
  • މޮސްކް މެނޭޖްމެންޓް ސެކްޝަން
  • ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް
  • ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް
  • އިސްލާމިކް ދަޢުވާ
  • ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
  • މިނިސްޓަރ ބިއުރޯ
  • އައުޤާފް އެންޑް އިންފްރާސްޓަކްޗާ

އެއިން ކޮންމެ ސްޓޯލަކުން ވެސް އެ ސްޓޯލެއް ނިސްބަތްވާ ސެކްޝަން ނުވަތަ އިދާރާއެއްގެ މައުލޫމާތު ވަރަށް ތަފުސީލުކޮށް ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo
  1. ގަރުދިޔަ

    ޕީއާރު މި މީހުން ޖައްސާފަ ރައްޔިތުން ކަިރީ މި ބުނަނީ ގަރުދިޔަ ބޯން.
    ތި މައުރަޒު ބާއްވަން ކިހާވަރެއް ހަރަދުކޮށްލި؟

  2. އިބްރާހީމް

    ހެޔޮވާނީ ދެން ކިހިނެއް. ރަނގަޅު ކަމެއް ވެއްޖެއްޔާ ތިމަން މަނިކުފާނު، ތިމަން ސަރުކާރު، ގޯސް ކަމެއް ވެއްޖެއްޔާ ކުރީ ސަރުކާރު، ޞާލިޙު ކުރިކަމެއް. ކުރިން ހުޝާމަދު ކުރި ރައީސް ޔާމިނު އެއޮތީ ބަންދުގައި އަދިވެސް. މިހާރު ޙަރާމް ހުކުމެކޭ ނުކިޔައި.