ޚަބަރު ސަރުކާރު

ރައްޔިތުންގެ އުންމީދުތައް ހާސިލުވާނީ މިނިވަންކަން އޮވެގެން: ނައިބު ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނައިބު ރައީސް: ރައްޔިތުންގެ އުންމީދުތައް ހާސިލުވާނީ މިނިވަންކަން އޮވެގެން ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް

ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލުވާނީ މިނިވަންކަން އޮވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއް ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭކަން ހާމަކުރައްވާ ނައިބު ރައީސް ވަނީ މިނިވަންކަމުގެ ހައްގުގައި ޖިހާދު ކުރެއްވި ވަރުގަދަ ބަތަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފަ އެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މެސެޖުގައި ނައިބު ރައީސް ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރި ކުރެއްވުމަށާއި ގައުމުގެ ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!