ދުނިޔެ

އިންޑިއާގެ އެންމެ މުއްސަނދި މީހާ ކޮވިޑް19 އިން އަރައިގަތުމަށް އެހީތެރި ނުވާތީ ހޫނު ފެނަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ އެންމެ މުއްސަނދިމީހާ މުކޭޝް އަންބާނީ އެހީތެރިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެެވެ. ގިނަ ބަޔަކު އަންނަނީ ޓްވިޓަރގައި މުކޭޝް އަންބާނީ އާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

Ads by WAMCO

ޓްވިޓަރގައި އެކަކު ބުނެފައިވާ ގޮތުގައި މުކޭޝް ފަދަ އިންޑިއާގެ ގިނަ މުއްސަނދިންގެ އަތުގައި ލާރި ކިތަންމެ ގިނަ ނަމަވެސް އެއިން ރަނގަޅު ގޮތުގައި މިދަނޑިވަޅުގައި ބޭނުން ނުކުރާނަމަ އެފަދަ މީހަކީ ރައްޔިތުންގެ ކުރިމަތީގައި ފަގީރެއް ކަމަށެވެ.އަންބާނީ ގެ ޓެލެކޮމިއުނިކޭޝަން ކުންފުނިން މީހުންގެ ނަންބަރުގެ ކޯލަރ ޓިއުންއަކަށް ކެއްސާ އަޑުލުމުގެ އިތުރުން އަންބާނީއަށް އިތުރުކަމެއް ނުކޮށްދެވޭނެތޯ އެހެން މީހަކު ވަނީ ސުވާލު އުފައްދާފައެވެ.

މުކޭޝް އަންބާނީ އާއި ދެކޮޅަށް ވާހަކަ ދައްކަން ފަށާފައި މިވަނީ އޭޝިއާގެ އެންމެ މުއްސަނދި މީހާ ޖެކް މާ އޭޝިއާގެ ގިނަ ގައުމުތަކަކަށް އެހީވާން ނިންމާފައިވަނިކޮށެވެ. ޖެކް މާ ވަނީ 9 ގައުމަކަށް 1.8 މިލިއަން މާސްކާއި 210 ހާސް ޓެސްޓުކިޓުގެ އިތުރުން 36 ހޫނުމުން ބަލާ ގިއަރު ހަދިޔާކޮށް ނިންމާފައެވެ. މީގެ އިތުރުން ޖެކް މާ ވަނީ މީގެ ކުރިން ވެސް ވައިރަހަށް ވެކްސިން އުފެއްދުމަށް ސައިންޓިސްޓުންނަށް މާލީގޮތުން އެހީތެރިވެދީފައެވެ. އަދި އެމެރިކާ އާއި ސައުތު އެފްރިކާ ފަދަ ގައުމުތަކަށް 500،000 ރައްކާތެރިކަމުގެ މާސްކު ވެސް ހަދިޔާކޮށްފައިވެއެވެ.

މުކޭޝް އަންބާނީއަކީ ޖެކްމާ އަށް ފަހު އޭޝިއާގައި ހުރި އެންމެ މުއްސަނދި މީހާއެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ގިނަ މުއްސަނދިން އެހީ ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ބިލް ގޭޓްސް ވެސް ވަނީ 100 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ގިނަ ގައުމުތަކަކަށް ޓެސްޓު ކިޓުފަދަ ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނުވެސް ބިލް ގޭޓްސް ވަނީ ހަދިޔާކޮށްފައެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!