Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑް19: ދުވާލަކު 80،000 ޓެސްޓުކުރެވޭ ރޮބޮޓެއް

ކޮވިޑް19 އަށް ދުވާލަކު 80،000 ޓެސްޓުކުރެވޭ ރޮބޮޓެއް ސްޕެއިން އިން ދޫކޮށްލަން ތައްޔާރުވަމުންދާ ކަމުގައި އެ ގައުމުން ބުނެފިއެވެ. އެގައުމުން މިކަން އިއުލާނު ކޮށްފައި މިވަނީ އެ ގައުމުގައި ވެސް ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އިޓަލީއަށް ފަހު ޔޫރަޕުގައި ދެވަނައަށް އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރޭ ގައުމަކީ ސްޕެއިން އެވެ. ސްޕެއިން އިން 29900 އަށް ވުރެ ގިނަ މީހުން ވައިރަސް އަށް ޕޮސިޓިވްވެފައި ވާއިރު ވައިރަސް ޖެހުނު 1813 މީހުން ވަނީ މަރުވެފައެވެ.

އެގައުމުގެ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ވައިރަހަށް ޓެސްޓުކުރެވޭ މިންވަރު ދުވާލެއްގެ މައްޗަށް އިތުރު ކޮށްފިނަމަ ވައިރަސް ކޮންޓްރޯލް ކުރުމަށް އެހީއަކަށް ވެގެންދާނެއެވެ. އެގޮތުން އެގައުމުގެ ސިއްހަތާއި ބެހެ އިސް އޮފިޝަލަކު ވަނީ އެގައުމުން ވައިރަހަށް ޓެސްޓުކުރެޥޭ 4 ރޮބޮޓު ތައްޔާރުކޮށް އެ ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހާމަ ކޮށްފައެވެ. އޮފިޝަލު އިތުަރަށް ބުނި ގޮތުގައި އެ ރޮބޮޓުތަކުން ދުވާލެއްގެ މައްޗަށް 80،000 މީހުން ޓެސްޓުކުރެވޭނެއެވެ.

Advertisement
Ooredoo — Square (box)

އެގައުމުން އަދި ރޮބޮޓުތައް އޮޕަރޭޓުކުރާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ސްޕެއިން ގެ ބޮޑުވަޒީރު ވަނީ އެގައުމުގެ ހާލަތު އަދި މިއަށް ވުރެ ބޮޑަށް ހާލަތު ދަށްވާނެ ކަމުގައި ބުނެފައެވެ. އަދި ސަރުކާރުން ކޮވިޑް19 އާއި ދެކޮޅަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ބޮޑު ވަޒީރު ބުނެފައިވެއެވެ.

ކޮވިޑް19 އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 345,289 ވުރެ ގިނަ މީހުނަށް ވަނީ ބަލި ޖެހިފައެވެ. އަދި މަރުވި މީހުންގެ އަދަދުވަނީ 14,924 އަރާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް