ދުނިޔެ

ކޮވިޑް19: ސިންގަޕޫރުގައި ހަމައެކަނި އެގައުމުގެ މީހުންނަށް ފަރުވާދޭން ޑޮކްޓަރުންނަށް އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިންގަޕޫރުގެ ވަޒަންވެރިންގެ އިތުރުން ދެން އެގައުމުގައި އުޅޭ މީހުންނަށް ފަރުވާ ދިނުން ހުއްޓާލުމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން އަންގައިފިއެވެ. އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ މިކަން އެގައުމުގެ ހުރިހާ ހޮސްޕިޓަލަކާއި، އަމިއްލަ ކްލިނިކްތަަކަށާއި ހުރިހާ ޑޮކްޓަރުންނަށް އަންގާފައެވެ.

Ads by Sosun Fihaara

ސިންގަޕޫރުގެ ސަރުކާރުން ވަނީ މިކަން އަންގައި މާރޗް 19 ވަނަ ވީ ދުވަހު ހުރިހާ އިދާރާތަކަށް މެމޯ ފޮނުވާފައެވެ. އަދި މި ފިޔަވަޅު އެޅީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެގައުމުގެ ސިއްހީ ވަސީލަތްތައް އެގައުމުގެ ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް ކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރަށް އެންމެ މުހިންމު ބަޔަކީ އެ ގައުމުގެ ރައްޔިތުން ކަމަށް ވެސް މެމޯ ގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ސިންގަޕޫރުގެ ސަރުކާރުން ވަނީ އެ ގައުމުގައި ސިއްހީ ހިދުމަތް ހޯދަމުން އަންނަ އެހެން ގައުމުތަކުގެ މީހުން އެމީހުންގެ އަމިއްލަ ގައުމުން ފަރުވާ ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އަންގާފައެވެ. އަދި ކޮންމެހެން ވެސް ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި ގައުމުން ބޭރު މީހުންނަށް ފަރުވާ ދެވޭނީ އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހުއްދަނަގައިގެންކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސިންގަޕޫރުން މިފަދަ އިންސާނިއްޔަތާއި ޚިލާފު ފިޔަވަޅުތަކެއް އަޅާފައިވާއިރު 509 މީހުން ވައިރަހަށް ޕޮސިޓިވް ވެ 2 މީހަކު މަރުވެފައި ވަނިކޮށެވެ. މި ފިޔަވަޅުތަކަށް އަމަލު ނުކޮށްފިނަމަ ސިއްހީ ނުރައްކަލެއްގެ ތެރެއަށް ގައުމު ވެއްޓި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!