ހިޔާ ފްލެޓްތަކުގެ ވައިގޮޅިއަށް ފެން ފައިބާ މައްސަލަ ހައްލުކުރާ ގޮތުގެ މައުލޫމާތު ދެނީ

ހިޔާ ފްލެޓްތަކުގެ ވައި ގޮޅިއަށް ފެން ފައިބާ މައްސަލަ އެޗްޑީސީން ހައްލުކުރަން ކުރާ މަސައްކަތުގެ މައުލޫމާތު އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގެ އޭސީން ފެން ބޭރުވާ ހޮޅިތައް ގުޅާފައިވާ މައި ހޮޅިއަށް ފްލެޓްތަކުން ހޮޅި ގުޅާފައި ނުވާތީ ވައިގޮޅިއަށް ފެން ބޭރުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ރަނގަޅު ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފްލެޓްތަކަށް އެ ކުންފުނީގެ މުވައްޒަފުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޒިޔާރަތް ކުރަމުންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަސައްކަތަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެއްބާރުލުން ދިނުމަށް އެޗްޑީސީން އެދެ އެވެ.