ފުރަން ގޮސް ހުރި އަންހެނަކު ޑްރަގާއެކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި އަންހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައ ރޭ ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެ އަންހެން މީހާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުންނެވެ.
އެ މީހާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން 209 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން ހާމަނުކުރި ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.