މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އިން ތަހުގީގު ކުރަމުންދާ، މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެގެން އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުން ހޯދާ މީހަކީ މުޙައްމަދު ޝާކިރު، ގއ. ދާންދޫ / ހިތަށްފިނިވާގެ (48އ) އެވެ. އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.