ކޮވިޑް19: ގައުމުން ބޭރުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން 48 ގަޑިއިރު ތެރޭގައި ގައުމަށް އެތެރެވާން އަންގައިފި
އިނގިރޭސި ވިލާތުގެ އެއާޕޯޓްތައް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ބަންދު ކުރުމަށް ހަމަޖެހިފައިވާތީ ގައުމުން ބޭރުގައި ތިބި އެގައުމުގެ ރައްޔިތުން ވީހާ ވެސް އަވަހަށް އެނބުރި ގައުމަށް އެނބުރި އައުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
އިނގެރޭސި ސަރުކާރުން އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ގައުމުގެ ބޭރުގައި ތިބި އެގައުމުގެ ރައްޔިތުން ދަތުރުކުރާ ހުރިހާ މަގުތަކެއް ބަންދު ނުކުރަނީސް އަވަހަށް އެނބުރި ގައުމަށް އައުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރާ ރޫޓެއް ނެތްނަމަ ނެތްނަމަ ސަރުކާރުގެ އޮފިޝަލުން އެހީވާނެކަމަށާއި ގައުމުން ބޭރުގައި ތިބި ރައްޔިތުން ގައުމަށް އަވަހަށް އެތެރެވުމަށް އަންގަން ޖެހުނީ ގިނަ އަދަދެއް ގެ އެއާޕޯޓުތަކާއި ވިޔަފާރި މަގުތަކެއް ވެސް އެއްވެސް އެންގުމަކާއި ނުލާ ވެސް ބަންދު ކުރަމުންދާތީއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން މިހާރު އިނގިރޭސިވިލާތް މިހާރު ވަނީ ތިން ހަފްތާގެ ވަނީ ލޮކްޑައުންއަކަށް ގޮސްފައެވެ.
މީގެ އިތުރުންވެސް ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދެމީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވާ ބައްދަލުވުންތައް ބޭއްވުން މަނާކުރުމާއި ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ބަންދުކުރުމުގެ އިތުރުން ކުޅިވަރު ކުޅޭ ދަނޑުތައް ވެސް ވަނީ ބަންދު ކޮށްފައެވެ.
އިނގިރޭސިވިލާތުން މިހާތަނަށް ވަނީ 6650 މީހަކު ވައިރަސްއަށް ޕޮސިޓިވްވެފައެވެ. އަދި ވައިރަސް ޖެހުނު 335 މީހަކުވަނީ މަރުވެފައެވެ.