ޚަބަރު

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރަނީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި އެކްސްޕެޓް ބޭނުންކުރާ ފަރާތްތަކާ ހޯމް މިނިސްޓަރު އަލީ އިހުސާން ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

Ads by Hajj Corporation

ހޯމް މިނިސްޓްރީއިން މިރޭ ބުނީ އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ފޯމެއް ފުރުމަށް އެ މިނިސްޓްރީން އެދެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި، ބައިވެރިވާ ފަރާތްތަކަށް ވަކިން އެންގޭނެ ކަމަށެވެ.

އެކްސްޕެޓް ބޭނުންކުރާ ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ހޯމް މިނިސްޓްރީން އިމިގްރޭޝަންއާ ގުޅިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ޑީޕޯޓްކުރުމުގެ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީއިން މިހާތަނަށް ޑީޕޯޓްކޮށްފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!