މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ފިހިގެން ފަރުވާ ދެނީ
މާލޭގެ ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގައި އެކަކު އަތް ފިހިގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
އެއިން އެކަކަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ. އަނެކަކަށް ފަރުވާ ދެނީ އޭޑީކޭގަ އެވެ. އެއިން ފިހިގެން ފަރުވާ ދޭ މީހާ ވީ ހޮސްޕިޓަލް ނޭނގޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދެ މީހުނަކީ ވެސް ބިދޭސީންނެވެ.
Ads by Allied Insurance