ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުން ވަގަށް ނެގި ދެ ލެޕްޓޮޕް ފުލުހުން ހޯދައިފި

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުން ވަގަށް ނަގައިގެން ގެންދިޔަ ދެ ލެޕްޓޮޕެއް ފުލުހުން ހޯދައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ތަކެތި ހޯދީ ސީސީޓިވީ ފުޓޭޖު ބަލައި ތަކެތި ގެންދިޔަ ތަނެއް ދެނެގަތުމަށް ފަހު ކަމަށެވެ.
އަދި އެ ދެ ލެޕްޓޮޕް ފުލުހުން ހޯދުނީ މީހަކަށް ވިއްކާލާފައި ވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށް އެ ހިދުމަތުން ބުންޏެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.