ދުނިޔެ

ކޮވިޑް19:ވޫހާންއިން އަނެއްކާ ވެސް ވައިރަސް ފެނިއްޖެ ، މިފަހަރު ޑޮކްޓަރަކަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އުފެދިގެންއައި ޗައިނާގެ ވޫހާން އިން ވައިރަސް ކޮންޓްރޯލް ވެފައިވަނިކޮށް އަދި ވައިރަހަށް ޕޮސިޓިވް އެއްވެސް މީހަކު ނުފެންނަތާ ފަސް ދުވަަސް ފަހުން އަނެއްކާ ވެސް ވައިރަހަށް ޕޮސިޓިވް މީހަކު އިއްޔެ ފެނިއްޖެއެވެ. މިފަހަރު ޕޮސިޓިވް ވެފައިވަނީ ހުބާއި ޕްރޮވިންޝަލް ޕީޕަލްސް ހޮސްޕިޓަލްގެ ޑޮކްޓަރެކެވެ.

Ads by Sosun Fihaara

ވޫހާން އާއި ވޫހާން ހިމެނޭ މުޅި ހުބާއީއަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް އިއްޔެއާއި ރެއިން ފެށިގެން ލުއިދޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށް އިތުރު ޕޮސިޓިވް ކޭސްއެއް ފެނުމާ ގުޅިގެން ރައްޔިތުންނަަށް ވަނީ އަނެއްކާ ވެސް ބިރު ހީވެފައެވެ.ހަމައެއާއެކު ޑޮކްޓަރަށް ވައިރަސް ޖެހިފައި މިވަނީ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ކޮވިޑް19 އިން ރައްކާތެރިކުރުމުގެ މިޝަން އަދި ފުރިހަމަ ނުވާކަމަށް އެބަލީގެ ތަޖުރިބާކާރުން ބުނެފައި ވަނިކޮށެވެ.

ޑޮކްޓަރަަށް ވައިރަސް ޖެހިފައިވާ ގޮތެއް ދެނެގަތުމުގެ މަސައްކަތް ވޫހާންގެ ސިއްހީ އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ. ޚަބަރުތައް ބުނާ ގޮތުގައި ބަލި ޖެހުމުގެ ކުރިން އޭނާ ވަނީ ހޮސްޕިޓަލްގައި މަސައްކަތް ކޮށްފައެވެ.

ވައިރަހަށް ޕޮސިޓިވްވި ޑޮކްޓަރަކީ އިއްޔެ ވޫހާން އިން ވައިރަހަށް ޕޮސިޓިވްވި ހަމައެކަނި މީހާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!