ޚަބަރު

އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭ ސަބަބު އަލީ ހުސައިން ސާފުކޮށް ދެއްވައިފި

ދެން އެމްވީ

ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސްކަމަށެވެ.

އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައި ކަމަށްވެސް މެމްބަރު ޢަލީ ވިދާޅުވިއެވެ.

ދިރާގުގެ ހިއްސާއިން ބައެއް ބޭރުގެ ފަރާތަކަށް ވިއްކާލާފައިވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.

އިންޓަރނެޓް އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިސަރުކާރުން މިހާރު ޢިއުލާން ކުރަށްވާފައިވަނީ 2022 ވަނަ އަހަރު އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮވެގެން ދާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!