ޚަބަރު

އިންޓަނެޓުގެ އަގަށް ލުޔެއް ނުލިބޭތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ ކޮމިޓީއަށް ހާޒިރު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އިންޓަނެޓު އަގުހެޔޮ ކުރުމަކީ މުހިއްމު ކަމަކަށް ވެފައިވާއިރު، އިންޓަނެޓު އަގުހެޔޮކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، ރައްޔިތުން މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިސްވެރިން ކޮމީޓަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއިލް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެންމެން ގޭގައި މަޑުކުރަން ޖެހުމާއެކު އިންޓަނެޓަކީ ޒަރޫރީ ވަސީލަތަކަށް ވެފައިވާ ކަމުގައެވެ.

އަދި އޭގެ އިތުރަށް ކޮވިޑް-19 ކާރިސާ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިނުވަނީ ކީއްވެގެން ކަން ބެއްލެވުމަށްޓަކައި މަޖިލިހަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީއަށް އެއިދާރާ ހާޒިރުކޮށްދެއްވުން އެދިވަޑައިގެން މީކާއިލް ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު ކަންކަމަށް ގެއިން ނުނުކުތުމަށް އަންގާފައިވާއިރު ދަރިވަރުންގެ ކިޔެވުމާއި މުވައްޒަފުން ގެއިން ވަޒީފާ އަދާކުރުމުގައި އިންޓަނެޓު ވަރަށް މުހިއްމު ޒަރޫރީ ވަސީލަތަކަށްވެފައިވާ ކަމުގައެވެ.

އަދި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އެކަށީގެންވާ ލުއިތަކެއް ރައްޔިތުންނަށް ހޯދައިދީފައިނުވާ ކަމުގައާއި އަދި ކޮމިއުނިކޭޝަން އޮތޯރިޓީއަށް އަގުތައް ރެގިއުލޭޓުކުރުމާއ ކަނޑައެޅުމުގެ ބާރު ލިބިފައިވީ ނަމަވެސް އެެއްވެސް ފިޔަވަޅެއް އިސްނަގައިގެން އެއިދާރާއިން އަޅާފައިނުވާ ކަމުގައިވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!