ކުޅިވަރު

ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް މެސީ ގެ 1 މިލިއަން ޔޫރޯގެ އެހީއެއް

ދެން އެމްވީ ، ދެން އޮންލައިން

ބާސެލޯނާއަށް ކުޅޭ މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީ ބާސެލޯނާގެ ހޮސްޕިޓަލަކަށް 1 މިލިއަން ޔޫރޯ ގެ އެހީއެއް ވެއްޖެއެވެ. މި އެހީއަކީ އެ ހޮސްޕިޓަލުގައި ތިބި ކޮވިޑް19 އަށް ފަރުވާ ހޯދާ މީހުނަށް އެހީވުމަށާއި ވައިރަހަށް ފަރުވާއެއް ހޯދުމަށް އެ ހޮސްޕިޓަލުން ކުރާ މަސައްކަތަށް އެހީތެރި ވުމަށް ވެފައިވާ އެހީ އެއް ކަމަށް ގޯލް.ކޮމް އިން ރިޕޯޓުކޮށްފައިވެއެވެ.

Ads by STELCO

މެސީ އެ ހޮސްޕިޓަލަށް އެހީވެދިން ކަން އެ ހޮސްޕިޓަލުންވަނީ ޓްވިޓަރ ގައި ކަށަވަރުކޮށްދީފައެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަދަ އެހީތަކަށް އިންތިހާއަށް ޝުކުރުވެރިވާ ކަމަށާއި ބަލި ޖެހިފައިވާ މީހުނަށް އެހީ ވުމުގެ އިތުރުންވެސް ބައްޔަށް ފަރުވާ އެއް ހޯދުމަށްޓަކައި ކުރަން ޖެހޭ ސައިންޓިފިކް ބޭނުންތަކަަށް ވެސް މިފަދައެހީ ތައް ހޭދަކުރެވިގެންދާނެއެވެ.

މެސީގެ ބާރސެލޯނާގެ ކުރީގެ މެނޭޖަރ ޕެޕް ގާރޑިއޯލާ ވެސް ވަނީ ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައާއި ދެކޮޅަށް ސްޕެއިން ގެ ްއެހެން ކްމެޕެއިނަކަށް އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން މެސީއާއި އެންމެ ވާދަވެރި ރޮނާލްޑޯއާއި އޭނާގެ އޭޖެންޓުވެސް ވަނީ ޕޯރޗުގަލް ގެ ހޮސްޕިޓަލަކަށް ބޮޑު އެހީތެރިކަމެއް ވެދީފައެވެ.

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް 4 ވަނައަށް އެންމެ ގަދައަށް ފެތުރެމުންދާ ގައުމަކީ ސްޕެއިންއެވެ. ސްޕެއިން އިން މިހާތަނަށް 35ހާހަށް ވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު 2311 މީހުނަށް ވުރެ ގިނަ މީހުންވަނީ ބަލީގައި މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!