Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: ހުޅުމާލޭގެ ވެސް ދޮވެ ސާފުކުރަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ ސާފުކުރަން ފަށައިފިއެވެ.

އެމްއެންޑީއެފް އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ފަށާފައިވާ މި މަސައްކަތުގައި މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކޮށްފައެވެ. މީގެ އިތުރުން މާލޭގެ އެކިތަންތަނަށް ޖަމާކޮށްފައިވާ ކުނިތައް ނެގުމާއި، މަގުމަތީގައި އަޅާފައިވާ ޕެލެޓު ފަދަ ތަކެތި ނަގައި ސާފުކޮށްފައިވެއެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ސާފުކުރުމަށް ކުރަމުންދާ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން މަގުމައްޗަށް ކުޅު ނުޖެހުމާއި، ނޭފަތް ފޮޅުން ފަދަ ހަޑި އާދަތައް ހުއްޓާލުމަށް ޝިފާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް