މީހަކު ރަހީނު ކުރުމަށް ފަހު ފައިސާ ފޭރުނު އަންހެނަކު ބަންދުކޮށްފި

މީހަކު ރަހީނު ކުރުމަށް ފަހު ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އަންހެނަކު ބަންދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖެހި މީހަކީ، އާއިޝަތު މަލްޖާ މޫސާ ދީދީ، ކުންނާރުގެ، ސ. މަރަދޫ އެވެ. އެއީ 27 އަހަރުގެ އަންހެނެކެވެ.
ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާއަށް ކުރާ ތުހުމަތަކީ މީހަކު ރަހީނު ކުރުމަށް ފަހު ފައިސާ ފޭރުމެވެ. އަނިޔާ ލިބުނު މީހާގެ ބަޔާން ވެސް ފުލުހުން ނަގައި، އެ ބަޔާން ކޯޓަށް ހުށަހަޅާފައިވެ އެވެ.
ކުށުގެ އިތުރު ތަފުސީލެއް ނެތެވެ.