ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މަނަފަރު ރިސޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ ދިވެއްސެއް ޓެސްޓު ކުރަނީ
ޖޭއޭ މަނަފަރު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގައި ހުރި ދިވެއްސެއްގެ ގައިން ކަމަށާއި މިހާރު އޭނާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
Ads by Allied Insurance