ޚަބަރު

އަނެއްކާ ވެސް އެކްސިޑެންޓެއް: ދެ ސައިކަލު ޖެހި ދެ މީހަކަށް އަނިޔާ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރާއްޖެއަށް މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ

މިއަދު ހެނދުނާއި އިއްޔެ ފަތިހު ނުރައްކާތެރި އެކްސިޑެންޓެއް މާލެ ސަރަހައްދުގައި ހިނގާފައިވަނިކޮށް މިރޭ ވެސް ހުޅުމާލޭން ހައިވޭއަށް އަރަން އޮންނަ މަގުގައި ހުންނަ ވިލާގެ ޕެޓްރޯލް ޝެޑު ކައިރީ ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

Ads by Sosun Fihaara

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނި ގޮތުގައި ހުޅުމާލެ ހައިވޭ ކައިރީ ހުންނަ ވިލާ ޕެޓްރޯލް ޝެޑު ކައިރީ ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަންހެނަކާއި ފިރިހެނަކަށް ވަނީ އަނިޔާ ވެފަ އެވެ. އަދި އެ ދެ މީހުނަށް ހުޅުމާލެ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ ނުރައްކާތެރި އެކްސިޑެންޓްތަކެއް ކައިރިކައިރީ ހުޅުމާލެ ހިނގުމުން މަގުމަތީގެ ރައްކާތެރިކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވެފައިވާ ދުވަސްވަރެކެވެ.

އެ ގޮތުން މިއަދު ހެނދުނު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވި އިރު އިއްޔެ ފަތިހު ސްޕޯޓްސް ކާރަކުން ޖެހި 23 އަހަރުގެ ހަސަން ސަމާހު ވަނީ ނިޔާވެފަ އެވެ. ސަމާހު އެ ވަގުތު އުޅުނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ މެރެތަނަށް ދުވަން ނުކުމެ އެވެ.

މަގުމަތީގެ ޓްރެފިކް މެނޭޖު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ބައެއް ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވައިފަ އެވެ. އެ ގޮތުން ރޭސިން އަދި ޑްރިފްޓިނަށް ހުޅުމާލޭން ދޫކުރި ހުއްދަ ބާތިލް ކުރުން ވެސް ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!