ދުނިޔެ

ހޫނު ފެނަށް ވެއްޓުމުން، އަންބާނީގެ ދީލަތި އެހީ އިންޑިއާގެ ރައްޔިތުންނަށް

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އިންޑިއާގެ އެންމެ މުއްސަނދި މީހާ އެހީ ނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އަންބާނީގެ ރިލަޔަންސް ކުންފުނިން އިންޑިއާ ރައްޔިތުންނަށް ބޮޑުއެހީތެރިކަމެއް ވެދޭން ނިންމައިފިއެވެ.

Ads by WAMCO

އެގޮތުން ރިލައިންސް އިންޑަސްޓްރީސް އިން ވަނީ އިންޑިއާގައި ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. ހޮސްޕިޓަލުގެ ޑިޒައިނާއި ޕްލޭން މިހާރުވަނީ އެކުލަވާލައި ނިމިފައިކަން ވެސް އެކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ވެސް އެކުންފުނީގެ ޖިއޯ ޕްލެޓްފޯމް މެދުވެރިކޮށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި ހުރިހާ އެމެޖެންސީ އުޅަނދުތަކަށް ބޭނުންވާ ފިއުލް އެކުންފުނިން ދޭން ވަނީ ނިންމާފައެވެ.

ހަމައެހެން މަހަރާޝްތުރާގެ ޗީފް މިނިސްޓަރ އުފައްދާފައިވާ ރިލީފް ފަންޑަށް ވެސް އަންބާނީ ވަނީ 5 ކަރޯޑް އިންޑިއަން ރުޕީސް ހަދިޔާކޮށްފައެވެ.

ރިލަޔަންސް ކުންފުނިން ނެރުނު ޕްރެސް ސްޓޭޓްމެންޓެއްގައި ބުނެފައިވާ ގޮތުގައި ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވާންވެސް އެކުންފުނިން ތިބި ތައްޔާރަށް ކަމަށާއި މިހާރުވެސް ކޮވިޑް19 އާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. އެކުންފުނީގެ އެކްޝަން ޕްލޭންގައި އެކުންފުނީގައި މަސައްކަތް ކުރާ 600،000 މީހުން ބައިވެރިވާނެކަންވެސް އެކުންފުނިން ފާހަގަކުރިއެެވެ.

ރިލަޔަންސް ކުންފުނިން ހަދިޔާކުރާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މުމްބާއީ ގައި އަޅަން ހަމަޖެހިފައިވާ މި ހޮސްޕިޓަލު ގައި ފަރުވާދޭނީ ކޮވިޑް19 އަށް ޕޮސިޓިވްވާ މީހުނަށެވެ.

އިންޑިއާއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވައިރަސް އަށް ޕޮސިޓިވްވެ 10 މީހުން މަރުވެފައިވާއިރު އެގައުުމުގެ ގިނަ ހިސާބުތައް މިހާރުއޮތީ ފުރަބަންދު(ލޮކްޑައުން) ގެ ހާލަތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!