ދުނިޔެ

ކޮވިޑް19: ބަލި ޖެހުނު އެއްލައްކަ އަށް ވުރެ ގިނަ މީހުން ބަލިން މުޅިން ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ބަލި ޖެހުނު އެއްލައްކައަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

Ads by Sosun Fihaara

2019 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައި ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް19 ޖެހިގެން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 434,595 މީހުން ވަނީ ރިޕޯޓުކޮށްފައެވެ. ބަލިން ފަސޭހަ ވި މީހުންގެ އަދަދު 111,853 އަށް އަރާފައިވާއިރު އެއީ ބެލުނު ޖެހުނު މީހުންގެ 25.9 އިންސައްތައެވެ.

މިހާރު ކޮވިޑް19 ގެ 131,456 ކޭސް ނިމިފައިވާއިރު އޭގެ ތެރެއިން ބަލި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 85 އިންސައްތައިގައެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 19،603 މަރާއެކު 25 އިންސައްތައިގައެވެ. މިހާރު އެކްޓިވްކޮށް ހުރި 303,139 ކޭސްގެ ތެރެއިން ހާލުދެރައީ އެންމެ 4 އިންސައްތަ މީހުންގެ ކަމަށް ވެސް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބާކީ ތިބި 96 އިންސައްތަ މީހުންގެ ހާލު ރަނގަޅުކަމަށް ވެސް އެ ތަފާސް ހިސާބުތަކުން އެނގެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން 150 އަށް ވުރެ ގިނަ ގައުމަކުން ވައިރަސް ފެނިފައިވާއިރު ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ޗައިނާއިން ވަނީ ވައިރަސް މުޅިން ކޮންޓްރޯލްކުރެވިފައެވެ. ޔޫރަޕުގެ ގައުމުތަކުގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނައިރު އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނަ ގައުމަކީ އިޓަލީއެވެ. އިޓަލީއިން މިހާތަނަށް ޖުމްލަ 68176 މީހުނަށް ވައިރަސް ޖެހިފައިވާއިރު 6820 މީހަކުވަނީ މަރުވެފައެވެ. އިޓަލީގެ އިތުރުން އެމެރިކާއާއި ސްޕެއިން އާއި ޖަރުމަނު ވިލާތުގައި ވެސް ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ކޮވިޑް19 އަކީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލިން ރައްކާތެރިވުމަށް ހޯދިފައިވާ ހަމައެކަނި ގޮތަކީ ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ އެކަހެރިކަމެވެ. އޭގެ އިތުރުން ވެސް ސައިބޯނި ލައިގެން ގިނަ ގިނައިން އަތްދޮވުމަށާއި މޫނުގައި އަތްލުން ފަދަ ކަންކަން ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެެވެ.

ޗައިނާގެ ވޫހާން އިން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ނޭވާލާ ނިޒާމު ހަލާކުކޮށްލާ އެއްޗެކެވެ. މި ވައިރަސް ހަށިގަނޑުގައި އަށަގަތުމުން ފުއްޕާ މޭ ހަލާކުކޮށްލައި ކިޑްނީ އަށް ވެސް ގެއްލުންދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!