ޚަބަރު

ނުތާހިރުކޮށް ކާތަކެތި ހަދާ ހަތަރު ތަނަކުން 16 ބިދޭސީއެއް ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އާންމު ރައްކާތެރި ކަމަށް ބެލުމެއް ނެތި އުޅޭ ބިދޭސީން ފާސްކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައި / ފޮޓޯ:އިމިގްރޭޝަން

ސާފުތާހިރުކަން ކުޑަކޮށް ކާތަކެތި ހަދާ ހަތަރު ތަނެއް ބަލައިފާސްކޮށް 16 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ބިދޭސީން ކާތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ކުޑަ ކަމާއި ކާތަކެތީގެ އެއްވެސް ރައްކާތެރިކަމެއް ނެތި ތައްޔާރުކުރާ މައްސަލަތައް ވަރަށް ގިނަ އެވެ.

މިފަދަ ތަންތަން ހޯދައި އޭގައި ބައިވެރިވާ ބިދޭސީންނާއި ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމަށް، ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ބަލައިފާސްކުރި ހަތަރު ގެއަކީ މާލޭގެ މާފަންނުގައި ހުންނަ ގެއެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ތަންތަަނަކީ ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ ތަންތަން ކަން ފާހަގަ ކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިއަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އޭގެ ހަތަރު ތަނަކުން ހަތް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!