ޚަބަރު

ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ހުރިހާ ވަސީލަތްތަކަކާއި އަދި މުވައްޒަފުންނާއިއެކު ކޯވިޑް 19 އަށް ފަރުވާ ދިނުމަށް ސަރުކާރަށް ދޭން ހޮސްޕިޓަލުގެ ބޯޑުން ނިންމައިފިއެވެ.

Ads by STELCO

ޓްރީޓޮޕް ސަރުކާރަށް ދީފައި ވަނީ އެތަނުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ދައްކާ ގޮތަށެވެ. އަދި އެތަނުގައި އިތުރު އައިސީއޫ ވަސީލަތްތައް ގާއިމުކުރަން ސަރުކާރުން ބޭނުން ނަމަ، އެކަން ވެސް ކޮށްދެއްވަން ޓްރީޓޮޕްގެ މެނޭކްޖްމެންޓުން ވަނީ ނިންމާފަ އެވެ.

މިހާރު ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަނީ ސަރުކާރު އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ 27 ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށްވެސް ަަސަރުކާރުން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!