ބިދޭސީއަކު ގައުމީ ޓީމުގައި މަސައްކަތް ކުރާ ކަމަށް ބުނެ ހަބަރު ޖެހުމުން މާފަށް އެދިއްޖެ

ބިދޭސީއަކު ގައުމީ ޓީމުގައި މަސައްކަތް ކުރާ ކަމަށް ބުނެ "ރާއްޖެ އެމްވީ" ގައި ހަބަރު ޖެހުމުން، އެެއީ ރަނގަޅު ނޫން ހަބަރަކަށް ވާތީ އެ ކަމަށް މާފަށް އެދިއްޖެ އެވެ.
"ރާއްޖެ އެމްވީ" އިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހަބަރު ޝާއިއު ކުރީ އެފަދަ މައުލޫމާތެއް ލިބިގެން, އެ މައުލޫމާތު އެނގޭނެ ކަމަށް ބެލެވޭ މަސްދަރުތަކުން އެ ކަން ސާފުކުރުމަށް ފަހު ކަމަށެވެ.
އަދި ހަބަރުގެ މަގުސަދަކީ ދިވެއްސެއް ބިދޭސީއެއް ގޮތުގައި ދެއްކުން ނޫން ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ހަބަރުގައި ބުނާ ބިދޭސީ މީހާ ގައުމީ ޓީމުގައި މަސައްކަތް ނުކުރާ ކަން އެނގުމުން ހަބަރު އުނިކޮށްފައިވާނެ ކަމަށާއި އެ ހަބަރު ލިޔުނު ނޫސްވެރިޔާ އާ ވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށް ބުންޏެވެ.