ޚަބަރު

މާރާމާރީ އަކަށް ފަހު ފިލައިގެން ދިޔަ ތިން މީހަކު ހޯދައި ރާއްޖެ ގެނެސްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާރާމާރީއެެއް ހިންގުމަށް ފަހު ތިން މީހަކު ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭތާ އަހަރެއްހާ ދުވަސް ފަހުން، އެ މީހުން ހޯދައި އަތުލައިގެނެގެން ރާއްޖެ ގެނެސްފި އެވެ.

Ads by STELCO

މާރާމާރީ ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު މާލޭގަ އެވެ. މި މައްސަލާގައި ތުހުމަތުވާ ތިން މީހުން ފިލައިގެން ދިއުމުން، އެ މީހުން ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ވެސް ނެރުނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނި ގޮތުގައި އެ މީހުން ފިލައިގެން ގޮސް އުޅުނީ ތައިލެންޑުގަ އެވެ. ތައިލެންޑުގައި ގަވާއިދާ ޚިލާފަށް އުޅެނިކޮށް ފެނިގެން އެ ގައުމުން ރާއްޖެއަށް ޑީޕޯޓްކޮށްލީ އެވެ.

މި މައްސަލާގައި ތުހުމަތުވާ ތިން މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކުރި އެވެ.

  • މުހައްމަދު ސިބްތު އަބްދުﷲ, މާފަންނު މަސްކޮތަންގެ (19 އ)
  • މުހައްމަދު އަހުސަމް، ހެންވޭރު ދޮންތުނޑި (26 އ)
  • އަސްވާން މުހައްމަދު، ލ. ގަން، މުކުރިމަގު (28 އ)

މި މީހުން ރާއްޖެ އައުމާ އެކު ހައްޔަރުކުރީ ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ކްރިމިނަލް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އަސްވާން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނެއް ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

Ads by Ooredoo