ސިނަމާލެ ބްރިޖުގައި އެކްސިޑެންޓުވެ އަންހެނަކަށް ފަރުވާ ދެނީ

ސިނަމާލެ ބްރިޖުގެ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 12:57 ހާއިރު ކަމަށެވެ.
އެކްސިޑެންޓު ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. މި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން ދިވެހި އަންހެނަކަށް އަނިޔާ ވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން އިން ދެ މީހުންނަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް އެއިދާރާއިން ވަނީ ބުނެފަ އެވެ.