ޚަބަރު

ނިކުމެ އުޅޭ މީހުން ނުހުއްޓުވަނީ ޑޮކްޓަރުންނަށްވުރެ މޮޅަށް ސިފައިންނާއި ފުލުހުންނަށް އެނގޭތީތޯ: މޫސަ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ބޭރަށް ނިކުމެ އުޅޭ މީހުން ފުލުހުންނާއި ސިފައިން ނުހުއްޓުވަނީ ޑޮކްޓަރުންނަށްވުރެ މޮޅަށް އެ މީހުންނަށް އެނގޭތީތޯ ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

Ads by Hajj Corporation

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭ ހުރިހާ ސިޓީތަކެއްހެން މީހުން ނުކުމެ އުޅުން މަނާ ކުރި އިރުވެސް ރާއްޖޭގެ ޑޮކްޓަރުން އެކަން ކުރުމަށް ރޮއެ އާދޭސްކުރަމުންދާ ކަމަށެވެ.

"އެކަމަކު ސިފައިންނާ ފުލުހުން ނުކުމެ މިކަން ނުހުއްޓުވަނީ ޑޮކްޓަރުންނައްވުރެ ފުލުހުންނާ ސިފައިންނަށް މިކަން މޮޅަށް އެނގެނީތަ." މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވި ނަމަވެސް ގައުމެއް ނުވަތަ ސިޓީއެއް ލޮކްޑައުން ކުރުމަކީ ގާނޫނުގައިވާ ގޮތުން ފުލުހުންނާއި ސިފައިންނަށް ލިބިގެންވާ ބާރެއް ނޫނެވެ. އެ ބާރު ލިބިގެންވަނީ ރައީސުލްޖުމޫހުރިއްޔާ އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!