ބޮލީވުޑް: އިންޑިއާގެ އަސްލު ރަހަތައް ދިވެހިންނާ ހަމައަށް
އިންޑިއާގެ ކެއުންތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ރަހަތަކެކެވެ. ބަޓަރ ޗިކަން، ޗިކަން ޓިއްކާ އަދި ހައިދްރަބާދު ބިރިއާނީ އަކީ މެންދުރުގެ ކެއުމަށާއި ރޭގަނޑުގެ ކެއުންތަކަށް ދިވެހިންނަށް އެންމެ ކަމުދާ އެއް ބާވަތެވެ.
މީގެ ހަ މަހެއްހާ ދުވަސް ކުރިން މާވެޔޮ މަގުގައި ބިގްމޭންގެ ފަރާތުން ހުޅުވި ބޮލީވުޑް ރެސްޓޯރެންޓަކީ އިންޑިއާގެ އަސްލު ރަހަތައް އެއްވެސް ބަދަލެއް ނެތި، ދިވެހިންނަށް ތަޖުރިބާކޮށްލަން ލިބޭނެ ތަނެކެވެ.

ބޮލީވުޑްގެ ފައިނޭންސް ޑިރެކްޓަރު ސަލާމް
އިންޑިއާގެ އަސްލު ރަހަތައް
ބޮލީވުޑް ރެސްޓޯރެންޓާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ތަނުގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އޮޕަރޭޝަންސް މުހައްމަދު ސަލާމް ތޯހާ ވިދާޅުވީ ކެއުންތައް ތައްޔާރު ކުރާނީ ސީދާ އިންޑިއާގެ ޝެފުން ކަމަށެވެ. ކެއްކުންތަކުގައި ބޭނުން ކުރަނީ އިންޑިއާގައި ބޭނުންކުރާ އަސްލު ބާވަތްތައްކަމަށްވުމުން ރަހައަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ރާއްޖޭގައި ލިބެން ހުންނަ އެހެން އިންޑިއާގެ ކެއުންތަކާއި ހިލާފަށް މި ރެސްޓޯރެންޓުގެ ރަހަތަށް ރަނގަޅުވާނެކަން ފާހަގަކުރައްވައި ސަލާމް ވިދާޅުވީ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައިވެސް ކަސްޓަމަރުންގެ ފަރާތުން ލިބުނު ރިވިއު ރަނގަޅު ކަމަށެވެ.

ބޮލީވުޑްގެ ބިރިޔާނީ, މި ރެސްޓޯރެންޓުގެ ޕޯޝަންތައް ބޮޑުވެފައި އަގު ހެޔޮ
ވީއައިޕީ ހިދުމަތް
ބޮލީވުޑް ރެސްޓޯރެންޓުގެ ހިދުމަތުގެ ފެންވަރު ވަރަށްވެސް ރަނގަޅެވެ. ކަސްޓަމަރަކު އެތަނަށް ދިޔުމުން އެންމެ ފުރަތަމަވެސް ގްރީޓު ކުރަނީ ފިނި ތުވާއްޔަކާއިއެކު އެވެ. އިންޑިއާގެ ކެއުންތަކުގެ ގިނަ ބާވަތްތައް އުލާއި ސަމްސަލުގެ ބަދަލުގައި އަތުން ކެއުމަކީ ގިނަ މީހުންގެ އާދައެކެވެ. އެހެންކަމުން ކައި ނިމުމާއިއެކު ހޫނު ތުވާލިކޮޅެއްވެސް މި ރެސްޓޯރެންޓުން ފޯރުކޮށްދެ އެވެ.
ތަނުގައި މަސައްކަތް ކުރަނީ އިންޑިއާގެ ކެއުންތަކާއި ރައްޓެހި މުވައްޒަފުންނެވެ. އެހެންކަމުން ކާއެއްޗެއް އޯޑަރު ކުރުމުގައިވެސް އެމީހުންގެ އެހީތެރިކަން ކަސްޓަމަރުންނަށް ލިބެ އެވެ.

ބޮލީވުޑްގެ އިންޓީރިއާ ހަދާފައިވަނީ ފޮޓޯތަކަށް ހާއްސަކޮށްގެން
ފޮޓޯ ނަގާލަށް ވަރަށް އެސްތެޓިކް
މިއީ ސޯޝަލް މީޑިއާގެ ޒަމާނެވެ. ކޮންމެ މީހަކު ކެއުމަކަށް ދިޔަޔަސް އެންމެ ފުރަތަމަ ކުރާ ކަމަކީ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާ ސްޓޯރީތަކަށް ލުމެވެ. އާއިލާއާއި ރަހުމަތްތެރިން އެކީގައި ގޮސް މަޖާ މާހައުލެއް ހޭދަ ކުރާއިރު ފޮޓޯއާއި ވީޑިއޯއަކީ ވަރަށް މުހިންމު އެއްޗެކެވެ.
ބޮލީވުޑް ރެސްޓޯރެންޓުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ފޮޓޯތަކަށް ހާއްސަކޮށްގެންނެވެ. ގޯލްޑް އަދި ބާގަންޑީ ކުލަތަކުން ހަދާފައިވާ ތަނުގެ މާހައުލު ވަރަށްވެސް ހިތްގައިމެވެ. ސަލާމް ވިދާޅުވީ ބިގްމޭންގެ ކަސްޓަމަރުންގެ ފަރާތުން މިކަން ފާހަގަކުރެވުމާއިއެކު އަލަށް ހުޅުވި ރެސްޓޯރެންޓު ހާއްސަކުރީ ފޮޓޯ ނަގާ ފަރާތްތަކަށްވެސް ހާއްސަ ކޮށްގެން ކަމަށެވެ.

ބޮލީވުޑް ރެސްޓޯރެންޓުގެ ކެއުމެއް
އަގު ހެޔޮވެފައި ޕޯޝަން ބޮޑު
ރެސްޓޯރެންޓުތަކަށް ދާ ކަސްޓަމަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އަގުތައް ބޮޑުވުމުގެ ޝަކުވާ އެވެ. ރާއްޖޭގެ އެހެން އިންޑިއަން ކުޒީން ރެސްޓޯރެންޓުތަކާއި އަޅާ ބަލާއިރު ބޮލީވުޑްގެ އަގުތައް ކުޑަ އެވެ. އަގު ކުޑަވިޔަސް ކެއުމުގެ ޕޯޝަން ކުޑައެއް ނޫނެވެ.
ބޮލީވުޑްގެ ކެއުމެއް އޯޑަރު ކުރުމުން ފެނުނު ތަފާތު ކަމަކީ އެކެއްގެ ކެއުން ދެމީހެއްގެ ކެއުމާއި އެއްވަރު ކަމެވެ. އެއީ ބިރިޔާނީ ވިޔަސް ނޫނީ ބަޓަރ ނާން ޕޯޝަންއެއް ވިޔަސް އެހެން ރެސްޓޯރެންޓުތަކާއި އަޅާ ބަލާއިރު ޕޯޝަން ބޮޑުކަން ފާހަގަވި އެވެ.
އެހެންކަމުން މާލެއިން އިންޑިއާގެ ކެއުމެއް ކާން ބޭނުންވާ ފަރާތްތަކަށް ބޮލީވުޑް މިއީ އެއްވަނަ އެވެ. ރަހައަށް ބެލިޔަސް އަދި އަގަށް ބެލިޔަސް މި ރެސްޓޯރެންޓު ހާއްސަ އެވެ.