ޚަބަރު

ރާއްޖޭގައި އޮތް ފްރާންސްގެ މަނަވަރު މިއަދު ފުރާނެ: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ސަރަހައްދުގައި އޮތީ ފްރާންސްގެ މަނަވަރެއް ކަމަށާއި، އެ މަނަވަރު މިއަދު ފުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދެ ބޯޓެއް ރާއްޖެ އައި ކަމަށާއި، އަދި އެއީ ފްރާންސްގެ އަސްކަރީ ދެ ބޯޓުކަމަށެވެ.

"މިއީ ވަރަށް ކުރިންފެށިގެން ރާއްޖެއަށް އައުމަށް ހަމަޖެހިފައި އޮތް ބޯޓެއް. އެފްރިކާގެ ޖިބޫޓީ އިން ފުރައިގެން އެ ބޯޓު ދަތުރުކުރަން ފަށާފައިވަނީ މީގެ 30 ދުވަސް ކުރިން. އަދި މީގެ ކުރިން ރޭވިފައި އޮތްގޮތުން ތަމްރީންތަކަކާއި ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައި އޮތް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މިހާރު ނިންމިފައިއޮތީ އެ ބޯޓު ރާއްޖެއަށް އައިސް ޑޮކްކުރުމަށް ފަހު ތެލާއި ކާބޯތަކެތި އަރުވައިގެން މިއަދު ފުރާނެ ކަމަށާއި އެބޯޓުން އެއްވެސް މީހަކު ރާއްޖެއަށް ނުފައިބާނެ ކަމަށެވެ.

ދިއްގަރުފިނޮޅުގައި ހެލިކޮޕްޓަރެއް ޖައްސާފައި އޮތީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި، އަދި އެއަށް އެހީވުމަށް އިތުރު ހެލިކޮޕްޓަރެއް ޖެއްސިކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!