ޚަބަރު

ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ފިނޭންސްގެ ކުރީގެ އެޑްވައިޒަރު އަނެއްކާވެސް ފިނޭންސްއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނަސީރު ފިނޭންސް އެޑްވައިޒަރުގެ މަމާގަށް ހަމަޖައްސައި ލިޔުން ހަވާލުކުރުން--

ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ފިނޭންސްގެ ކުރީގެ އެޑްވައިޒަރު އަހުމަދު ނަސީރު އަނެއްކާވެސް ފިނޭންސްއަށް ބަދަލުކޮށްފި އެވެ.

Ads by STELCO

މިނިސްޓަރެއްގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ ކުއްލި ގޮތަަކަށް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

އެެހެން ނަމަވެސް ނަސީރު އަނެއްކާވެސް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަން "ދެން"އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެނގިފައިވާ ގޮތުގައި ނަސީރު ފިނޭންސް މިނިސްޓްރީއަށް އަލުން ނުކުންނަވަން ފެއްޓެނީ މި ހަފްތާ އެވެ.

ނަސީރު އަލުން ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރީ ކީއްވެެގެންކަމެއް ސާފެއް ނުވެ އެވެ.

ނަސީރު ކުރިން ވަނީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

ނަސީރު ފިނޭންސް މިނިސްޓްރީއަށް އަލުން ބަދަލުކުރެއްވިއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު މުހައްމަދު ޝަފީގު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާވެސް ދެއްވައިފަ އެވެ. އޭގެ ފަހުން ފިނޭންސް މިނިސްޓަރު ކަމަށް ހަމަޖެއްސެވީ މޫސާ ޒަމީރު އެވެ.

Ads by HDC