ރިސޯޓުން ފައިބަން ހުއްދަ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނި މުވައްޒަފަކު ހައްޔަރުކޮށްފި
ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުން މީހުން ފޭބުން މަނާ ކޮށްފައިވަނިކޮށް ރިސޯޓަކުން ފައިބަން ހުއްދަ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނި މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވ. ސިނަމަން ވެލިފުށި ރިސޯޓުގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލެޓާ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެ އޭނާ އިންޒާރުދިން ކަމަށާއި އޭނާ އަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން އެ ރިސޯޓަށް ގޮސް އިއްޔެ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance