އަައްޑޫގައި މިރޭ 3 އެކްސިޑެންޓެއް، 7 މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގެ 3 ސަރަހައްދެއްގައި މިރޭ އެކްސިޑެންޓުންތަކެއް ހިނގައި 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވީ 6 ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ.
ފުލުހުން ބުނީ، އެ އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ އެއިން ކޮންމެ އެކްސިޑެންޓެއް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓުގެ ސީނަށް ފުލުހުން ދިޔައިރު ސީން ރޫޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.