ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް 19 އަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕޮޒިޓިވް ވެއްޖެއެވެ.

ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަހުގެ އާންމު އަލާމާތްތައް އެމަނިކުފާނުގެ ކިބައިން ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ޓެސްޓް ހެއްދެވި އިރު، ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޯންސަންގެ ކިބައިން ފެނިފައި ވަނީ ކޮރޯނާވައިރަހުގެ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖޯންސަން މިހާރު ހުންނެވީ އެހެން މީހުންނާ އެކަހެރިވެވަޑައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!