ފުވައްމުލަކުގައި އެކްސިޑެންޓެއްވެ ކުއްޖަކު ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކު ނިޔާވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފުވައްމުލަކު، ފުނާޑު، ހުސްނުހިނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގު ބައްތި ހޮޅިދަނޑީގައި ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލަ ރޭ ދަންވަރު 2:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުންގައި ސައިކަލު ދުއްވާފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، ރޭ ދަންވަރު 3:40 ހާއިރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Ooredoo