ޚަބަރު

އެމްޑީޕީ ހަރުގެއަަށް ގެއްލުން ދިން މީހާ 30 ދުވަހަށް ބަންދުކޮށްފި

. ، ދެން އޮންލައިން
އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާ / ފޮޓޯ:ފުލުހުން

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

Ads by MPL

މިދިޔަ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މާލެ، މުހައްމަދު ރަޒީން (49އ) އެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.

ރަޒީން އަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ  ހައްޔަރުކުރީ ކެފޭއެއްގެ ރެކު ތަޅާލި މައްސަލާގަ އެވެ.