Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަލިދޫ ރިސޯޓުން ވަގަށް ނެގި ތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފި

ހއ.އަލިދޫ ރިޒޯޓުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި އެ އަތޮޅު އުތީމުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަލިދޫ ރިޒޯޓަށް އެކި ދުވަސްމަތިން އަރައި އެ ރިޒޯޓުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމުގެ މައްސަލަ މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓް ޢަމުރެއްގެ ދަށުން ހއ.އުތީމުގެ ނުވަ ގެއެއް ބަލާ ފާސްކުރުމަށްފަހު ގިނަ ޢަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 30 އަހަރާއި 35 އަހަރާއި ދެމެދުގެ 4 ދިވެހި ފިރިހެނުންކަމަށާއި، އެ މީހުންގެ ބަންދަށް ހއ.ފިއްލަދޫ ކޯޓުން ދިހަ ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް