ޚަބަރު

ތާޖް އެގްޒޯޓިކާ ރިސޯޓުން ކޮވިޑް-19އަށް ޝައްކުވާ ދިވެއްސަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ތާޖް އެގްޒޯޓިކާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ރޭ ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި ކަމަށާއި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!