މާލޭގެ މޭޔަރު ކަމަށް ވާދަނުކުރަން އަފްޝަން ނިންމައިފި
މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަނުކުރަން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނިންމަވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަފްޝަން ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިނުލާން ނިންމީ އާއިލީ ޒިންމާތަކެއް ހުރުމުން ކަމަށެވެ.
އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމުން އަފްޝަން ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންނަކީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަހްމަދު ނިޔާޒެވެ.