ދެ ކިލޯގެ ޑްރަގް އެތެރެކުރި އިންޑިއާ ދެމަފިރިންގެ ބަންދަށް އިތުރު 15 ދުވަސް
ދެ ކިލޯގެ ޑްރަގް އެތެރެކުރި އިންޑިއާ ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މުހައްމަދު ޝޯއިބް, (41އ) އަދި އައިޝާ (38އ) މިދިޔަ މަހު ފަހުކޮޅު ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައިތަނުން ނެވެ.
އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން މަސްތުވާތަކެތި ފެނުނުއިރު މީގެ ކުރިން ވެސް ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު 15 ދުވަހަށް އަނެއްކާވެސް އިތުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަން އެނގޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދެ މީހުންވެސް ވަނީ ގެނައި މަސްތުވާތަކެއްޗަކީ އެ މީހުންނާ ގުޅުން ހުރި ތަކެއްޗެއް ނޫން ކަމަށް ބުނެފަ އެވެ.
އެ މައްސަލައިގައި ދެ މީހުންވެސް އެއް ވަކީލަކާއެކު ކުރިއަށް ދާން ބޭނުންވި ނަމަވެސް އެޓާނީ ޖެެނެރަލް އޮފީހުން ލަފާދީފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެ އެވެ.